ދުންފަތު އިސްތިއުމާލު ކުރުމަކީ ދިރިއުޅުމަށާއި އިންސާނާގެ ހަށިގަނޑަށް ވަރަށް ގިނަ ގުނަ ގެއްލުންތައް ލިބޭ އަމަލެކެވެ. ހަށިގަނޑު ބަލިކަށިވެ މުޅި ދިރިއުޅުން ވިއްސި ވިހާލަވެގެންދެއެވެ. އެ ވަބާގައި ޖެހި ރާއްޖޭގައި ވެސް ބަރުބާދުވެފައިވާ ޒުވާނުން ދަނީ ދުވަހަކުން ދުވަހެއް ގިނަވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ އަހަރު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން ކުރެ އެކަކު ދުންފަތުގެ އިސްތިއުމާލް ކުރާކަމަށް ރިޕޯޓްކޮށްފައިވެއެވެ. ރާއްޖޭގެ އާބާދީގެ 25.7 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ ތެރޭގައި ވެސް އެންމެ ގިނައީ ޒުވާނުންނެވެ. އެންމެ ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލް ކުރާ އުމުރުފުރާގެ…